އައްޑޫގައި ހިންގި ބޮޑު އޮޕރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ  މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި މީ ޓެރަރިޒަމާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްކަމަށެވެ.

މި އޮޕަރޭޝަނާއި ބެހޭ އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

މިމަހުގެ 6 ވަނަދުވަހު ނުރައްކާތެރި އެއްޗެއް ގޮއްވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން ގެންދަނީ ހަތިޔާރާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!