އައްޑޫގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި މިއަދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އެގޮތަށް އަންގާފައި މިވަނީ އައްޑޫގައި އަނެއްކާވެސް ކޮވިޑް ކޭސްތައް ފެނުން އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.

އިއްޔެ އެކަނިވެސް އައްޑޫއިން 15 މީހުން ކޮވިޑަށް ޕޮސިޓިވްވެފައިވާއިރު، ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 98 އަށް އަރާފައެވެ.

އެޗްޕީއޭ އިން ވަނީ މާލޭ ސަރަހައްދުގައިވެސް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް މިމަހުގެ 11 ވަނަ ދުވަހު އަންގާފައެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!