ޑެލިވަރީ އަށް ދޫކުރާ ފާސްތައް ލިމިޓްކޮށްފިި

މާލޭގެ ކާފިއު ވަގުތުގައި ޑެލިވަރީ ފާސް ދޫކުރުން އިކޮނޮމިކް މިނިސްޓްރީން ލިމިޓް ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ވަނީ ކާފިއު ވަގުތުތަކުގައި މުދާ ޑެލިވަރީ ކުރުމަށް ފުލުހުން ދޭ ހުއްދަ ދޫކުރާނީ ވަކި މިންވަރަކަށް ކަމަށެވެ. މުދާ ޑެލިވަރީ ކުރާ ވިޔަފާރިތަކަށް ދޫކުރެވޭނީ ޑެލިވަރީ ކުރުމުގެ ދެ ފާހާއި ސަޕޯޓް ސްޓާފުންނަށް ދެ ފާހެވެ. ކެފޭ އަދި ރެސްޓޯރެންޓްތަކަށް ދޫކުރާނީ ޑެލިވަރީ ކުރުމުގެ ދެ ފާހާއި ސަޕޯޓް ސްޓާފުންނަށް 4 ފާހެވެ. ރަށްރަށާއި ރިސޯޓްތަކަށް މުދާ ފޯރުކޮށް ދޭ ވިޔަފާރިތަކަށް ދޫކުރަނީ ދެ ފާހެވެ އެވެ. އެ ހުއްދަ ދޫކުރާނީ ފުލުހުން ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން ރަޖިސްޓްރީ ކޮށްފައިވާ އެހެން ވިޔަފާރިތަކަށް ދޭނީ އެންމެ ފާހެކެވެ. އެ ހުއްދަ ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރަށް ފާސް ބޭނުންވާ ނަމަ، މުވައްޒަފުންގެ ތަފްސީލު އެ މިނިސްޓްރީއަށް ފޮޮނުވަން ޖެހޭނެ އެވެ. އަދި އެއަށް ވުރެ އިތުރަށް ފާސް ދޫކުރެވޭނީ މަސައްކަތުގެ ބާވަތަށް ބެލުމަށްފަހު އެ މިނިސްޓްރީން ކަމަށް އެ އިއުލާނުގައިވެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!