ވެންޓިލޭޓަރުގައި 7 މީހަކަށް ފަރުވާ ދެނީ

ރާއްޖޭގައި ކޮވިޑް-19 ބަލީގައި  ވެންޓިލޭޓަރުގައި މި ވަގުތު 7 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޖުމްލަ 15 މީހަކަށް މިހާރު އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އެގޮތުން ޑީއެޗް 11 ގައި 7 މީހަކު އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ އައިސީޔޫގައި 8 މީހަކަށް މިވަގުތު ފަރުވާ ދެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިބަލީގެ އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 15،000އިން މައްޗަށް އަރާފައެވެ. މީގެތެރެއިން 290 މީހުންނަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!