ޕަރޭޝް ރާވަލް މަރުވެއްޖެ ކަމަށް ބުނުމުން މަޖާ ރައްދެއް ދީފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕަރޭޝް ރާވަލް މަރުވެއްޖެ ކަމަށްބުނެ މީސްމީޑިއާގައި ފެތުރެމުންދިޔަ ޚަބަރަށް އޭނާ ވަރަށް މަޖާ ރައްދެއް ދީފިއެވެ.

ހެއްވާ މަޖާ ރޯލުތައް ކުޅެގެން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ޕަރޭޝް، ހުކުރު ދުވަހުގެ ހެނދުނު 7 ޖަހާއިރު މަރުވެފައިވާ ކަމަށްބުނެ ޓްވިޓާގައި އެ ޚަބަރު ދިޔައީ ފެތުރެމުންނެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ޕަރޭޝް ވަނީ އެ ޚަބަރުތައް ދޮގުކޮށް ޓްވީޓެއް ކޮށްފައެވެ. އެގޮތުން އޭނާގެ މަރުގެ ޚަބަރުގެ ސްކްރީންޝޮޓެއް ހިއްސާކުރަމުން ޕަރޭޝް ބުނީ، ހެނދުނު 7 ޖެހިފަހުން ނިދާފައި އޮތުމުން އެރި އޮޅުންތަކަށް މާފަށް އެދޭ ކަމަށެވެ.

ޕަރޭޝް ދުނިޔޭގައި ހުރިކަން ކަށަވަރުކޮށްދިނުމުން އޭނާގެ ފޭނުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.

ޕަރޭޝް ރާވަލް، 65، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ހަންގާމާ 2” އަދި “ހީރާ ޕޭރީ 3′” ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!