ޝާހްރުކް ޚާން އީދުގެ ތަހުނިޔާ ކިއީ މިގޮތަށް!

ފިތުރު ޢީދުގެ ތަހުނިޔާ ކިޔައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ހިއްސާކުރި ޕޯސްޓަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އިންޑިއާގައި މިއަދު ޢީދު ފާހަގަކުރަމުންދާއިރު، ޝާހްރުކް ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެންނަށް ޢީދު މުބާރަކް ކިޔައިފައެވެ. އީދުގެ ތަހުނިޔާ ކިޔަމުން އޭނާ ވަނީ ހުދާއި ކަޅުގެ ސެލްފީއެއް ވެސް ހިއްސާކޮށްފައެވެ.

“މާތްﷲ އަހަރެމެން އެންމެންނަށް ދުޅަހެޔޮ ސިއްޙަތާއި ހިތްވަރު ދެއްވާށި. އަދި އިންޑިއާގައި ހާލުގައި ޖެހިފައިވާ އެންމެންނަށް އެހީތެރިވުމަށް އަހަރެމެންގެ ހިތުގައި ރަޙުމް އުފައްދަވާށި”، ޝާހްރުކް ލިޔެފައިވެއެވެ.

މީގެ އިތުރުން ޝާހްރުކް ބުނީ، އެންމެން އެއްބައިވަންތަކަމާއެކީ މަސައްކަތްކޮށްގެން މިކަންތަކުން ވެސް އަރައިގަނެވޭނެ ކަމަށެވެ. އޭނާ އިޝާރާތްކޮށްފައިވަނީ ކޮވިޑް-19 ގެ ވަބާއަށެވެ.

ޝާހްރުކްގެ މި ޕޯސްޓަށް އެންމެ 12 ގަޑިއިރު ތެރޭގައި 1 މިލިއަނަށްވުރެ ގިނަ ލައިކު ލިބިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!