ކެނދިކުޅުދޫއަށް އަރާފޭބުން މަނާކޮށްފި

ނ. ކެނދިކުޅުދޫން ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އަލީ ސަމީމް ވިދާޅުވީ، ބިދޭސީން ޕޮޒިޓިވްވެފައިވަނީ އެރަށުން ވަކި ތަރުބެއް ނެތި ނެގި 75 ސާމްޕަލްގެ ތެރެއިން ކަމަށެވެ. އެގޮތުން ތިން ބިދޭސީއެއް ޕޮޒިޓިވްވެފައިވާ ކަމަށް ސަމީމް ވިދާޅުވިއެވެ. މިއާއެކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14 އަށް އަރައިފައެވެ.

އެރަށުގައި ބަލި ފެތުރެން ފަށާފައިވަނީ އެރަށުން މާލެ ދަތުރު ކުރާ ބޯޓަކުން މީހަކު ޕޮޒިޓިވްވި ހިސާބުން ފެށިގެން ކަމަށް ސަމީމް ވިދާޅުވިއެވެ.

ސަމީމް ވަނީ ކަމާބެހޭ އިދާރާތްތަކާއި ކައުންސިލުން ނެރެމުން އަންނަ ބަޔާންތައް ރަނގަޅަށް ކިޔައި އެއަށް އަމަލު ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ. އަދި މި ހާލަތުގައި މާސްކު އަޅައި މަޖުބޫރު ހާލަތުގައި ނޫނީ ބޭރަށް ނުދިއުމަށް އިލްތިމާސް ކުރެއްވިއެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވެ، 48 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!