އުތުރަށް ނެރުނު އޮރެންޖް އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް)އިން ނެރުނު އޮރެންޖް އެލާޓުގެ ވަގުތު މިއަދު ތިންވަނަ ފަަހަރަށް އިތުރުކޮށްފިއެވެ.

މެޓް އޮފީހުން މިއަދު އުތުރަށް ފުރަތަމަ އިންޒާރު ނެރުނީ މިއަދު މެންދުރުފަހު 15:15 ގައެވެ. އެ މުއްދަތު މިއަދު ހަވީރު 17:15 އަށް ވަނީ ހަމަވެފައެވެ. އޭގެފަހުން ނެރުނު އިންޒާރުގެ މުއްދަތު 19:15 އަށް ހަމަވިއިރު، މީގެ އިރުކޮޅެއް ކުރިން މެޓް އިން ވަނީ އިތުރު އިންޒާރެއް ނެރެފައެވެ. އެ އިންޒާރުގެ ވަގުތު ހަމަވާނީ މިރޭ 22:15އަށެވެ.

މެޓުން އިންޒާރު ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްތަކަށެވެ.

އެ ހިސާބުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 60 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުނެއެވެ. އެހެންކަމުން ކަނޑުތައް ގަދަވެ، އުދައެރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

މޫސުން ގޯސްވެ އުދަ އަރައިގެން އުތުރުގެ ގިނަ ރަށްތަކަކަށް މިއަދު ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!