އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަކޮށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

ލިބުނު މައުލޫމާތަކާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަކޮށް، ޚާއްސަ އޮޕަރޭޝަނެއް އެމްއެންޑީއެފުން ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކުރީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވި ނަމަސް، އެކަމާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ވެސް ސިފައިންނާއި ފުލުހުން ގެންދަނީ ޚާއްސަ އޮޕަރޭޝަނެއް ރާއްޖޭގައި ހިންގަމުންނެވެ. އެގޮތުން މުހިންމު އޮފީސްތަކާއި އިމާރާތްތަކުގެ ކައިރީގައި ހަތިޔާރާ އެކު ސިފައިން ފޯރިމަރަމުން ދާއިރު، ދައުލަތުގެ އިސް ބޭފުޅުންގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!