25 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ

25 އަހަރުގެ ދިވެހި ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދު ކަމަށާއި، އޭނާ ގެއްލިފައިވަނީ މިދިޔަމަހުގެ ތެރޭގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

މި ޒުވާނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، އެކަމުގައި އާއްމުންގެ އެހީތެރިކަމަށް އެދި ފުލުހުން ވަނީ މިސްބާޙުގެ ވަނަވަރާއި އޭނާގެ ފޮޓޯ މީސްމީޑިއާގައި އާންމުކޮށްފައެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

އިއްޔެވެސް ފުލުހުން ވަނީ ޒުވާން އަންހެނަކު ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ނަމަވެސް އެ އަންހެން މީހާ ފަހުން ވަނީ އަމިއްލައަށް ގެއަށް އައިސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!