ކޮވިޑް ޖެހިގެން މިއަދު މަރުވި މީހުންގެ އަދަދު 4ށް

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު މަރުވެ، 24 ގަޑިއިރުތެރޭގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު 4ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ މަރުވެފައިވަނީ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ފަހުން މެންދުރު 12:48 ހާއިރު ކަމަށެވެ.

މިއަދު މަރުވި އަނެއް ތިން މީހުންނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ތިން މީހުންނެވެ. އޭގެތެރެއިން ރޭ ދަންވަރު 2:24 ގައި އެންމެ ފުރަތަމަ މަރުވީ 64 އަހަރުގެ ފިރިހެނެކެވެ. ހެނދުނު 6:30 ގައި 86 އަހަރުގެ މީހެއް، އަދި ހެނދުނު 9:30 86 އަހަރުގެ އަންހެނަކު މަރުވެފައިވެއެވެ.

މިއާއެކު މި މަހު ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 18 އަށް އަދި އެ ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 91 އަށް އަރައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!