ގެއްލިގެން ހޯދަމުން ދިޔަ ހުމައިނާ އަމިއްލައަށް ގެޔަށް އަތުވެއްޖެ

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާން އަންހެން ކުއްޖާ ބުރާސްފަތި ދުވަހު މެންދުރުފަހުގެ ވަގުތެއްގައި އަމިއްލަޔަށް ގެޔަށް އަތުވެއްޖެއެވެ.

ގެއްލުނު ކަމަށް ހީކުރެވުނު ކުއްޖާ އަމިއްލައަށް ގެއަށް އައިސްފައިވާ ކަމުގެ މައުލޫމާތު އެ އާއިލާއިން ފުލުހުންނަށް ވަނީ ދީފައެވެ.

ގެއްލިގެން ހޯދަމުން ދިޔައީ މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ (21އ)އެވެ. އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓް ކުރުމާއެކު މި މެއި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން ހޯދުމުގެ މަސައްކަތް އައީ ކުރަމުންނެވެ.

އާމިނަތު ހުމައިނާ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާއިންނާއި ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އަމިއްލަޔަށް ގެޔަށް އެނބުރި އައި ވާހަކަ އެންގިނަމަވެސް އިތުރު މައުލޫމާތެއް ނުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!