ކުރީގެ ރައީސް މުހަންމަދު ނަޝީދު ޖަރުމަނުވިލާތަށް ގެންދަން އެއާޕޯޓަށް ގެންދަނީ / ފޮޓޯ: މިހާރު

ރައީސް ނަޝީދުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ޖަރުމަންވިލާތުގެ ސަރުކާރުން

ރައްޔިތުންްގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ދަތުރުކުރެއްވި އެއާ އެމްބިއުލާންސްގެ ހަރަދާއި އެ ގައުމުގައި ބޭސްފަރުވާ ކުރެއްވުމުގެ ހަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާގައި ޒަހަމްތައް ލިބިވަޑައިގެންނެވި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާ ވަޑައިގެންނެވުމަށް އޭޑީކޭ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމާއެކު ފުރާ ވަޑައިގަތުމަށް އެމަނިކުފާނު އެއާޕޯޓަށް ގެންގޮސްފައި ވަނީ ވަރުގަދަ ސެކިއުރިޓީ އަކާއި އެކީ އެވެ.

ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގެންނެވީ އެއާ އެމްބިއުލާންސްގެ ހަރަދާއި ބޭސްފަރުވާގެ ހަރަދު ކުރަނީ ސަރުކާރުންތޯ ނުވަތަ އާއިލާއިންތޯ ސުވާލު އުފައްދާ ބައެއް މީހުން ތަފާތު ވާހަކަތަައް ދައްކަމުން ދަނިކޮށް މަޖިލީހުގެ އިދާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޖަރުމަންވިލާތުގަައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަަރުމަން ސަރުކާރުންނެވެ.

މެއި ހަވަނަ ދުވަހުގެ ރޭގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ގިނަ ޒަހަމުތަކެއް ލިބިވަޑައިގެންފައި ވެއެވެ. ހަތަރު ސާޖަރީއެއް ހައްދަވަން ޖެހިވަޑައިގަތެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ފުރާނަފުޅަށް ހަމަލާގެ ސަބަބުން ވަރަށް ބޮޑަށް ނުރައްކާވި އެވެ. ފުރާނަފުޅު ސަލާމަތްވީ ކިރިއާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!