އާރކް އެއިޑްއިން 1800ށް ވުރެ ގިނަ ކުޑަކުދިންނަށާއި އާއިލާތަކަށް އެހީ ފޯރުކޮށްދީފި

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރަށްރަށުގައި ދަތި ހާލުގައި ދިރި އުޅެމުން ދިޔަ ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކަށް އާކުން އެހީ ވެއްޖެ އެވެ.

އާކްގެ “އާކް އެއިޑް” ގެ ދަށުން 55 ރަށެއްގެ 1800 ކުދިންނާއި އެމީހުންގެ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދީފައިވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އާކްގެ މި އެހީ މިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 55 ރަށަކަށް ދިނެވެ.

ސަރުކާރުގެ އިދާރާތަކާއި، ކައުންސިލުތަކާއި އެހެން ޖަމިއްޔާތައް މެދުވެރިކޮށް އާކުން ވަނީ ހަނޑުލާއި ފުށާއި ކިރާއި މަސް ދަޅާއި ބިހާއި ބޭކެޑް ބީންސް އަދި ތަރުކާރި ދަޅު ހިމެނޭ ޕެކޭޖެއް ދީފަ އެވެ.

މިފަދަ ހާލަތްތަކާއި ކޮވިޑް-19ގެ ސަބަބުން ދިމާވި އެހެނިހެން އުނދަގޫތައް ކުރިމަތިވެފައިވާ އާއިލާތަކަށް ސަރުކާރުގެ އިދާރާތަކާއި، ރަށު ކައުންސިލާއި އެހެނިހެން ޖަމިއްޔާތަކުގެ އެހީއާއެކެ އާރކް އެއިޑްގެ ޕްރޮގްރާމްގެ ދަށުން ވަނީ ކާބޯތަކެތީގެ ޕެކޭޖެއް ރައްދުކޮށްދީފައެވެ. މި ޕެކޭޖުގައި ހިމެނެނީ ހަނޑޫ، ފުށް، ހިކި ކިރު، މަސް ދަޅު، ބިސް، ބޭކެޑް ބީންސް އަދި ތަރުކާރީ ދަޅެވެ.

އާރކްއިން ބުނީ ޚާއްސަކޮށް މިފަދަ ބަލިމަޑުކަމުގެ ދުވަސްވަރެއްގައި އެއްވެސް ކުއްޖަކީ ކާބޯތަކެތި ލިބުމުގެ އަސާސީ ހައްގުން މަހުރޫމުވެފައިވާ ކުއްޖަކަށް ވެގެން ނުވާނެ ކަމަށެވެ.

ް އާރކް އެއިޑްގެ ޕްރޮގްރާމު ވާނީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޯރާފައެވެ:

 • ހއ. އަތޮޅުގެ 5 ރަށުން 26 ކުދިންނާއި އެކުދިންގެ އާއިލާ
 • މ އަތޮޅުގެ 2 ރަށުން 37 ކުދިންނާއި އެކުދިންގެ އާއިލާ
 • ހދ. އަތޮޅުގެ 4 ރަށުން 133 ކުދިންނާއި އެކުދިންގެ އާއިލާ
 • ފ އަތޮޅުގެ 4 ރަށުން 151 ކުދިންނާއި އެކުދިންގެ އާއިލާ
 • ށ އަތޮޅުގެ 4 ރަށުން 98 ކުދިންނާއި އެކުދިންގެ އާއިލާ
 • ދ އަތޮޅުގު 1 ރަށުން 6 ކުދިންނާއި އެކުދިންގެ އާއިލާ
 • ނ އަތޮޅުގެ 5 ރަށުން 109 ކުދިންނާއި އެކުދިންގެ އާއިލާ
 • ތ އަތޮޅުގެ 1 ރަށުން 5 ކުދިންނާއި އެކުދިންގެ އާއިލާ
 • ރ އަތޮޅުގެ 1 ރަށުން 3 ކުދިންނާއި އެކުދިންގެ އާއިލާ
 • ލ އަތޮޅުގެ 5 ރަށުން 161 ކުދިންނާއި އެކުދިންގެ އާއިލާ
 • ބ އަތޮޅުގެ 1 ރަށުން 6 ކުދިންނާއި އެކުދިންގެ އާއިލާ
 • ގއ. އަތޮޅުގެ 2 ރަށުން 165 ކުދިންނާއި އެކުދިންގެ އާއިލާ
 • ޅ އަތޮޅުގެ 2 ރަށުން 19 ކުދިންނާއި އެކުދިންގެ އާއިލާ
 • ގދ. އަތޮޅުގެ 3 ރަށުން 88 ކުދިންނާއި އެކުދިންގެ އާއިލާ
 • ކ އަތޮޅުގެ 2 ރަށުން 103 ކުދިންނާއި އެކުދިންގެ އާއިލާ
 • އައްޑޫ ސިޓީން 6 ރަށުން 207 ކުދިންނާއި އެކުދިންގެ އާއިލާ
 • އއ. އަތޮޅުގު 2 ރަށުން 63 ކުދިންނާއި އެކުދިންގެ އާއިލާ
 • ފުވައްމުލަކު ސިޓީން 1 ރަށުން 138 ކުދިންނާއި އެކުދިންގެ އާއިލާ
 • ވ އަތޮޅުގެ 4 ރަށުން 37 ކުދިންނާއި އެކުދިންގެ އާއިލާ
 • މާލެ ސިޓީން 3 ރަށުން 290 ކުދިންނާއި އެކުދިންގެ އާއިލާ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!