Smoke and flames rise during Israeli air strikes amid a flare-up of Israeli-Palestinian violence, in Gaza May 12, 2021. REUTERS/Ibraheem Abu Mustafa TPX IMAGES OF THE DAY

ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ބައިޑަން ހިތްވަރު ދެއްވައިފި

އިސްރާޢީލުގެ ދިފާޢަށާއި ސަލާމަތަށް ކުރަންޖެހުނު ކޮންމެ ކަމެއް އެ ޤައުމުން ކުރަންޖެހޭކަމަށާއި އެއީ އެ ޤައުމަށް ލިބިފައިވާ ޙައްޤެއްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ އެ މޭރުމުން ވާހަކަދެއްކެވީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ އަނިޔާވެރިކަން ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިތުރުވެފައިވަނިކޮށެވެ.

އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ބައިޑަންވަނީ ހަމަނުޖެހުން ވަރަށް އަވަހަށް ނިމޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. ނަތަންޔާހޫއާ ދެއްކެވި ވާހަކަފުޅަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހަމަނުޖެހުން އަވަހަށް ނިމޭނެކަމަށް ބައިޑަން އުންމީދުކުރައްވާ ސަބަބެއް ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް އޭނާ ވިދާޅުވީ ހަމަނުޖެހުން ހުއްޓުވުމަށް އެމެރިކާގެ ސަރުކާރުން އިސްރާއީލާއި ސަޢުދީ ޢަރަބިއްޔާއާއި މިޞްރާއި ޔޫއޭއީއާ މަޝްވަރާ ކުރަމުންދާކަމަށެވެ. އިސްރާއީލާ ގުޅުން ބަދަހިކޮށްފައިވާ ޢަރަބި 6 ޤައުމުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި މިޞްރާއި ޔޫއޭއީ ހިމެނެއެވެ.

އަދި މިޞްރަކީ މީގެ ކުރިން ހިނގާފައިވާ އިސްރާއީލާއި ފަލަސްޠީނުގެ ކުރިމަތިލުންތައް ހުއްޓުވުމަށް މެދުވެރިއެއްގެ ދަޢުރު އެންމެ ގިނަ ފަހަރު ޢަދާކޮށްފައިވާ ޤައުމެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެމެރިކާގެ ތާޢީދެއް ނެތި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޢުދުވާންތަކެއް ނުހިންގާނެއެވެ. މީގެ ކުރިން އެމެރިކާއިން އެންގުމުން އިސްރާއީލުން ހިންގަމުންދިޔަ ޖަރީމާތައް ހުއްޓާލާފައިވެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ދެމުންދާ ރޮކެޓު ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވާކަމަށެވެ. އަދި އެމެރިކާގެ ތާޢީދު އަބަދުވެސް އިސްރާއީލަށް އޮންނާނެކަމަށާއި އިސްރާއީލުގެ ދިފާޢަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ޙައްޤު އެ ޤައުމަށް އޮންނާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!