އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ފުރައިވަޑައިގެންފިއެވެ. 

މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ނަޝީދު ފުރާވަޑައިގެންފައިވާއިރު، އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގަތީ އެއާ އެމްބިއުލެންސެއްގަ އެވެ.ރައީސް ނަޝީދު އިތުރު ފަރުވާއަށް ވަޑައިގަތީ އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވާ ފަރުވާ ހޯއްދެވުމަށްފަހުއެވެ. މިހާރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދެވުނު ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާގެ ސަބަބުން އެމަނިކުފާނު ހޮސްޕިޓަލުން އެއާޕޯޓަށް ވަޑައިގަތުމަށް ހަމަޖައްސާފައިވާ ގަޑީގެ މާ ކުރިން ސިފައިންނާއި ފުލުހުން ވަނީ މާލެތެރެ ބެލެހެއްޓުން ވަރުގަދަކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ވަކިން ޚާއްޞަކޮށް އޭޑީކޭ ކައިރި އޮތީ ސެކިއުރިޓީ ވެހިކަލްތަކުން ފުރާލައިފަ އެވެ. ނޫސްވެރިންނަށްވެސް އެހިސާބަށް ކައިރިވެވޭގޮތެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!