ގެނބުނު ފަތުރުވެރިއަކު ހާލު ދެރަވެގެން މާލެ ގެނެސްފި

ކ. އަކިރިފުށީގައި މޫދަށް އެރެއުޅެނިކޮށް ފަތުރުވެރިއަކު ގެނބި، ހާލު ދެރަވެގެން އެމްއެންޑީއެފް އިން އެމީހާ  އިތުރު ފަރުވާއަށް މާލެގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނި ރޭ ދަންވަރު 02:13 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އަކިރިފުށީގައި ހުރި 37 އަހަރުގެ ފިރިހެން ފަތުރުވެރިއަކު މޫދަށް ގެނބިގެން އޭނަގެ ހާލު ދެރަވެ އިތުރު ފަރުވާއަށް މާލެ ގެނެސްދިނުމަށް އެމްއެންޑީއެފް މާލެ ކޯސްޓް ގާޑް ސީ އެމްބިއުލަންސުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!