ކޮވިޝީލްޑްގެ ދެވަނަ ޑޯޒް 16 ހަފްތާއަށް ފަސްކުރެވިދާނެ: ޓެގް

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 16 ހަފްތާ ވުމުގެ ކުރީން ޖެހުން އެއީ ރަނގަޅު ގޮތެއް ކަމަށް ޓެގް ޓީމުން ނިންމައިފި އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން 16 ހަފްތާއާ ހަމައަށް ފަސްކުރެވޭނެ ކަމަށް ޓެގް ޓީމުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެ ޓީމުން ކުރި ދިރާސާއަކަށް ފަހު ބައެއް ބޮޑެތި އެހެން ގައުމުތަކުގައި ވެސް އެގޮތަށް ކަންތައް ކޮށްފައި ހުރީމަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން ސްޕެއިން އާއި ކެނެޑާ ފަދަ ގައުމުތައް އެ ދިރާސާގައި ފާހަގަކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މި ދިރާސާއާ ގުޅޭގޮތުން އިތުރު މައުލޫމާތު ޑޮކްޓަރުން އަދި ދެއްވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ޓެގް ޓީމުން މިހެން ނިންމާފައި މިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިން މާލެ ސަރަހައްދުގައި ޖެހުން ހުއްޓާލާފައިވަނިކޮށެވެ. ވެކްސިން ޖެހުން ހުއްޓާލީ ރާއްޖޭގައި ހުރި ވެކްސިން ޑޯޒުތައް ހުސްވާން ގާތްވެ ދެން ވެކްސިން ލިބޭނެ ދުވަހެއް ޔަގީން ނުވާތީއެވެ. އެކަމަކު ވެކްސިން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!