ސަރުދާރު ދޮންމަނިކު އަވަހާރަވެއްޖެ

ކުރެހުމާއި ފީނުމުގެ ދާއިރާއިން ރާއްޖޭގައި ވަރަށް މަޝްހޫރު ބޭކަލެއް ކަމަށްވާ ސަރުދާރު ދޮންމަނިކު އަވަހާރަވެއްޖެއެވެ.

އުމުރުން 93 އަހަރުގެ ދޮންމަނިކު އަވަހާރަވީ ރޭ ފަތިހު، ކުއްލިއަކަށް ހާލުކޮޅު ދެރަވެގެން އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދިޔަތަނާއެވެ. 

ސަރުދާރު ދޮންބެ އަކީ އުމުރުން 10 އަހަރުން ފެށިގެން ކުރެހުމާއި ފަންނުވެރިކަމުގެ އެކިއެކި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މިގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ބޮޑެތި ތަސްވީރުތައް ކުރެއްސެވުމާއި، ގިޑިގެ ޑިޒައިން ކުރެއްވުންފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން، ބޮއްޔާއި، މަހުގެ ކަށްޓާއި، މަހުގެ ހަމުން ތަފާތު ވައްތަރުގެ ތަކެތި ހެއްދެވުން ވެސް ހިމެނެއެވެ. އަދި ސްޓެންސިލްގައި ކުރަހައިގެން ނޫސްމަޖައްލާ ނެރުނު މުއްދަތުގެ ތެރޭގައި ކުރައްސަވާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައް ވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!