ކަޕިލް ޝަރްމާ ޅައިރުގެ ފޮޓޯގައި އޭނާ ވަކިކުރަން ދަތި!

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ، އޭނާގެ ޅައިރުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް ފޭނުން ހައިރާންކޮށްލައިފިއެވެ.

ކަޕިލް އިއްޔެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކީ މީގެ 23 އަހަރު ކުރިން ނަގާފައިވާ ފޮޓޯއެއް ކަމަށް އޭނާ ބުނެއެވެ. އަދި އެއީ ޔޫތު ފެސްޓިވަލެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށާއި، އެއީ ކޮންމެވެސް ސްޓޭޖު ޑްރާމާއެއް ނިންމައިލުމަށްފަހު ނެގި ފޮޓޯއެއް ކަމަށް ކަޕިލް ވަނީ ކެޕްޝަންގައި ލިޔެފައެވެ. އެއާއެކު ފޭނުން ވަނީ ކަޕިލް ވަކިކުރަން ވެސް ދަތި ކަމަށްބުނެ ޕޯސްޓަށް ކޮމެންޓު ކޮށްފައެވެ.

ކަޕިލް ބުނީ އެ ފޮޓޯގައި އޭނާގެ މޫނުމަތީގައި އުނގުޅިފައި ހުރި އެއްޗަކީ ޗުވިންގަމް ކަމަށެވެ. ނަމަވެސް ފޮޓޯ ނެގިއިރު އެކަން ރޭކާނުލާ ކަމުގައި ބުންޏެވެ. “އޭރު ފޮޓޯއެއް ނަގަން ލިބުމަކީ ވަރަށް ބޮޑު ލަގްޒަރީއެއް”.

މީގެ އިތުރުން ކަޕިލް ބުނީ އެދުވަސްވަރުގައި އަތުގައި ފައިސާއެއް ނެތް ކަމުގައި ވިޔަސް މޫނުމަތިން އަބަދުވެސް ފެންނާނީ ހިނިތުންވުން ކަމަށެވެ. “ހިތަށް އެރީ ތި އެންމެންނާ މި ފޮޓޯ ހިއްސާކޮށްލާނީއޭ”، އޭނާ ލިޔެފައިވެއެވެ.

ކަޕިލް ޝަރްމާއަކީ އިންޑިއާގައި ހުރި އެންމެ ކާމިޔާބު އެއް ކޮމީޑިއަނެވެ. އެގޮތުން އޭނާގެ އަމިއްލަ ނަމުގައި ކޮމެޑީ ޝޯއެއް ޓީވީން ގެނެސްދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!