ހެޔޮ ވެރިކަމެއް ހޯދައި ދިނުމުގައި ދެމި ހުންނާނަން: ރައީސް ނަޝީދު

ހެޔޮވެރިކަމެއް ހޯދައި ދިނުމުގައި އަބަދުވެސް ދެމި ހުންނަވާނަން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބޮމުގެ ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު މިރޭ 10:10 ގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ފުރަތަމަވެސް ވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް މަރުހަބާއާއި ޝުކުރު އަދާކުރައްވާފައެވެ. އަދި ރައްޔިތުން އެދޭ ހެޔޮ ވެރިކަން ހޯދައިދިނުމުގައި ދެމިހުންނަވާނެކަމަށް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ސިއްހީ ދާއިރާއަށް މަރުހަބާއާއި ޝުކުރު އަދާކުރެއްވިއިރު، މިއަދަކީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހެވެ. މީގެއިތުރުން އެމަނިކުފާނަށް އަމާޒުވި ބޮމުގެ ހަމަލާއާއި ގުޅިގެން އޭޑީކޭގައި ގިނަ ސާޖަރީތަކެއް ހަދާފައިވާއިރު، ހުރިހާ ސާޖަރީތަކެއްވެސް ވަރަށް ކާމިޔާބުކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ބޮމުގެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާއިރު، ޓްވިޓަރއާއި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ހެޔޮ ދުއާކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!