އޮޑިޓަރ ޖެނެރަލް ޒިޔަތު އިސްތިއުފާ ދެއްވައިފި

އޮޑިޓަރ ޖެނެރަލްގެ މަގާމުން ހަސަން ޒިޔަތު މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފިއެވެ.

އޮޑިޓަރ ޖެނެރަލް އިސްތިއުފާދެއްވާފައިވާއިރު މަޖިލީހުން ޢާއްމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާލިބުނުކަމަށް ތުހުމަތުވާ ފަރާތްތަކުގެ ލިސްޓުގައި ޒިޔަތުގެ ނަންވެސް އެބައޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޒިޔަތު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، ނަން ހިމެނިފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަކީ ދައުލަތާއި އޮޑިޓަ ޖެނެރަލް އޮފީހުގެ ކަރާމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ޒިޔަތު އައްޔަނުކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރިކަމުގައި ނޮވެމްބަރު 24، 2014 ގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!