އީދު ދުވަހުގެ ތަހުނިޔާ ރައީސް ދިވެހި ރައްޔިތުންނަށް ފޮނުއްވައިފި

ބަރަކާތެރި ފިޠުރު ޢީދުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހިރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ޤައުމާ މުޚާތަބުކުރައްވައި ރައީސް ވަނީ ބަރަކާތްތެރި ރަމަޟާން މަހު ރޯދައިގެ އަޅުކަން ފުރިހަމަ ކުރުމުގެ ހެޔޮ ތައުފީޤާއި މަތިވެރި ނަސީބު، އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ކަމަށްޓަކައި މާތް ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވަނީ ފިތުރު އީދުގެ ތަހުނިޔާ، ދިވެހި ރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި މުޅި އިސްލާމީ އުންމަތަށްވެސް ރައީސް ވަނީ ފޮނުއްވާފައެވެ.

ޢީދު ފާހަގަކުރުމަށް، އިސްލާމް ދީނުގައި ކަނޑައަޅުއްވާފައި ހުރި ކަންކަމަށް ބަލާއިރު މުޅިންވެސް ފެންނަނީ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް، އަދި އެއް އިންސާނަކު އަނެއް އިންސާނަކަށް، އޯގާތެރިވުމާއި އެހީތެރިވުމާއި، ހިތްހެޔޮކަން ފާޅުކުރުމާއި، އުފާވެރިކަމާއެކު ބައްދަލުކުރުމަށް މަގުފަހިކޮށްދޭ ކަންކަންކަން ރައީސް ފާހަގަކުރެއްވިއެވެ.

ޢީދު ދުވަހަކީ، ދީނީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް، އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ދުވަހެއްކަމަށާއި ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ އެކުވެރިކަމާއެކު އުޅުމުގެ ދުވަހަކަށް މިދުވަސް ހެދުމަށް އެމަނިކުފާނު އެދިވަޑަައިގަތެވެ.

ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް އީދުގެ ތަހުނިޔާ ފޮނުވައި، އެމީހުންގެ ޙާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް، ވަރަށްބޮޑަށް ސަމާލުކަންދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!