އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި މަގާމުތަކުގައި ތިބި 119 މީހަކު ހިމެނޭ

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަ ބަލައި ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ރިޕޯޓާއެކު ލިސްޓް އާންމުކުރަން މިއަދު ނިންމައިފިއެވެ.

މަޖިލީހުގެ 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީން މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓުގައިވާ ފަރާތެއްގެ ތެރެއިން 119 ފަރާތަކީ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކެއް ކަމަށް ބުނެފައެވެ. އަދި އެ ލިސްޓް އާންމު ކުރަން ނިންމާފައިވާ އިރު އާންމުކުރަން ނިންމާފައި ވަނީ މުޅި ލިސްޓާއި ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންތައް ހިމެނޭ ލިސްޓް ވަކިން ކަމަށް އެ ކޮމިޓީން ބުނެއެވެ.

ސަބްކޮމިޓީން ރޭ ވަނީ މި މައްސަަލައާ ގުޅިގެން ރިޕޯޓެއް އެކުލަވާލާފައެވެ. އެ ރިޕޯޓުގައި އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުން ވަކިކުރެވެން ހުރި ފަރާތްތައް ވަކިކުރުމަށެވެ. އެގޮތަށް އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ އެވެ. އެހެންކަމުން އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

ސަބް ކޮމިޓީން ރޭ އެކުލަަވައިލި ރިޕޯޓްގައި އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުން ވަކިކުރެވެން ހުރި ފަރާތްތައް ވަކިކުރުމަށެވެ. އެގޮތަށް އެއޮތީ އިންތިހާބީ މަގާމުތަކުގަައި ތިބި މީހުން ވަގުތުން ވަކިނުކުރެވޭނެތީ އެވެެ.

ސަބް ކޮމިޓީން ރޭ އެކުލަވައިލި ރިޕޯޓްގައި މައިގަނޑު އަށް ކަމެއް ކުރަން ހުށަހަޅާފައި އޮތް އިރު މީހުން ވަކިކުރަން އޮތީ ފަސް ވަނައަށެވެ. ހަވަނައަށް އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެ އެވެ.

ރިޕޯޓްގައި ހުރި އެހެން ހުށަހެޅުންތަކުގެ ތެރޭގައި، މިހައިތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުންް ފައިސާ އަނބުރާ ހޯދަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ދެންނެވުމާއި އެކަން ކުރިއަށްދާ ގޮތް މަޖިލީހުން ބެލުން ހިމެނެ އެވެ. ތަހުގީގު ކުރިއަށް ދާއިރު ތުހުމަތުވާ ފަރާތްތަކަށް މިހާރުން މިހާރަށް އެޅެން ހުރި އެހެން ފިޔަވަޅުތައް އެޅުމަށް ވެސް ރިޕޯޓްގައި ހިމަނާފައި ވެ އެވެ.

ސަބް ކޮމިޓީން ހުށަހެޅި ހުށަހެޅުންތައް ފާސްކުރުމަށް ޖޮއިންޓް ކޮމެޓީގެ ބައްދަލުވުމެއް މަޖިލީހުގައި މިހާރު އަންނަނީ ހިނގަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!