އެމްއެމްޕީއާރްސީ ހިޔާނާތުގައި ތުހުމަތުވާ މީހުން މަގާމުތަކުން ވަކިކުރަން ނިންމައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަަމަށް ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުގައި ތިބި މީހުން ވަކިކުރަން ހުށަހަޅާ ގޮތަށް 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީން ނިންމައިފިއެވެ.

ސަބްކޮމިޓީން ރޭ އެކުލަަވަލައިލި ރިޕޯޓްގައި އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުން ވަކިކުރެވެން ހުރި ފަރާތްތައް ވަކިކުރުމަށެވެ. އަދި އެގޮތަށް ރިޕޯޓުގައި ނިންމާފައި ވަނީ މިއަދު ޖޮއިންޓް ކޮމިޓީން ބާއްވާ ބައްދަލުވުމުގައި އެކަން އެގޮތަށް ފައިނަލް ކުރުމަށެވެ. އަދި އެފަދައިން ނިންމީ އިންތިހާބީ މަގާމުތަކުގަައި ތިބި މީހުން ވަގުތުން ވަކި ނުކުރެވޭ ނެތީ އެވެެ.

ސަބް ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ މައިގަނޑު ގޮތަކަށް 8 ކަމެއް ކުރަން ހުށަހަޅާފައެވެ. އޭގެތެރެއިން އެފަދަ ތުހުމަތުއޮތް މީހުން ތިބި މަގާމުތަކުން ވަކިކުރުން ހިމެނެއެވެ. އަދި އެމީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކި ކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެއެވެ.

ހަމައެއާއެކު މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުންް ފައިސާ އަނބުރާ ހޯދަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ދެންނެވުމާއި އެކަން ކުރިއަށްދާ ގޮތް މަޖިލީހުން ބެލުން ހިމެނެއެވެ. ތަހުގީގު ކުރިއަށް ދާއިރު ތުހުމަތުވާ ފަރާތްތަކަށް މިހާރުން މިހާރަށް އެޅެން ހުރި އެހެން ފިޔަވަޅުތައް އެޅުމަށް ވެސް ރިޕޯޓްގައި ހިމަނާފައި ވެއެވެ.

ސަބްކޮމިޓީން ފައިނަލް ކުރި ރިޕޯޓް ޖޮއިންޓް ކޮމިޓީ އަށް މާދަމާ ހުށަހަޅާ އިރު، ލަސްނުކޮށް ފައިނަލްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖޮއިންޓް ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!