އިންޑިއާގެ ބޮޑުވަޒީރު ކަމަށް ކުރިމަތިލުމާ ގުޅޭގޮތުން ސޯނޫ ސޫދް ބުނަނީ މިހެން

އިންޑިއާގެ ބޮޑު ވަޒީރަކަށް ހޮވަންވީ ސަލްމާން ޚާން ނުވަތަ ސޯނޫ ސޫދް ކަމަށް އެކްޓްރެސް/ނެށުންތެރިޔާ ރާކީ ސާވަންތު ދާދިފަހުން ބުނުމުން، އެއަށް ސޯނޫ ރައްދުދީފިއެވެ.

އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާސްކަމުގައި ސޯނޫ ސޫދްގެ ފަރާތުން އާންމުންނަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރަމުން ރާކީ ބުނީ ބޮޑުވަޒީރަކަށް ހޮވަންވީ އެކަހަލަ އިންސާނިއްޔަތުކަން ހުރި މީހެއް ކަމަށެވެ. އެއާއެކު، މީޑިއާތަކުން ސޯނޫއާ ކުރި ސުވާލަކީ ބޮޑުވަޒީރަށް ވުމުގެ ވިސްނުން އެއްވެސް ވަރަކަށް އެބަހުރިތޯއެވެ. މި ސުވާލަށް ސޯނު ދިނީ ވަރަށް ސީދާ ސާދާ ޖަވާބެކެވެ.

“އާންމު ރައްޔިތެއްގެ ގޮތުގައި ހުންނަން އަހަންނަށް މާ ރަނގަޅު” ސޯނޫ ބުންޏެވެ. އެ ވީޑިއޯ މިހާރު ވަނީ މީސްމީޑިއާގައި ވައިރަލް ވެފައެވެ.

ގިނަ ފިލްމުތަކަކުން ފެނިގެންގޮސްފައިވާ ސޯނޫ، 47، ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް އިންޑިއާއަށް އެތަކެއް އެހީއެއް ވެދީފައެވެ. އެގޮތުން މިހާރު އޭނާ ކުރަމުންދާ މަސައްކަތަކީ، އިންޑިއާގައި ކޮވިޑްގެ ހާލަތު އެންމެ ބޮޑުވެފައި އޮތް 4 ސްޓޭޓަކަށް ފްރާންސުން އޮކްސިޖަން ޕްލާންޓު ގެނެސްގެން ހަރުކޮށްދިނުމުގެ މަސައްކަތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!