ރޯދަމަހު ޚަތިމެއް ކުރެވުމުން ގޯހަރް އުފަލުން ފޮޅިފައި

މި ރޯދަމަހުގައި ޤުރްއާން ޚަތިމެއް ކިޔަވައި ނިންމައިލެވުމުން އެކަމުގެ އުފާ ގޯހަރް ޚާން ފާޅުކޮށްފިއެވެ.

އިންޑިއާގެ މަޝްހޫރު މޮޑެލް/އެކްޓްރެސް މީގެ 3 ދުވަސް ކުރިން އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯއަކާއެކު ބުނީ ޤުރްއާން ޚަތިމެއް ނިންމައިލެވުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ. “އަލްޙަމްދުﷲ” ގޯހަރް ލިޔެފައިވެއެވެ. އޭނާ ހިއްސާކުރި ފޮޓޯގައި ފެންނަނީ ނަމާދު ދޮޅިއެއް އަޅައިގެން ޚަތިމެއް ހިފަހައްޓައިގެން ހުރި މަންޒަރެވެ.

“ބިގް ބޮސް 7” ކާމިޔާބުކުރި ގޯހަރް ވަނީ ރަމަޟާން މަހާ ގުޅޭ އެކިއެކި ޕޯސްޓުތައް މިސްމީޑިއާގައި ހިއްސާކޮށްފައެވެ. އަދި ފިތުރު ޢީދު އަންނަން ކައިރިވެފައިވާތީ، ޢީދާ ބެހޭގޮތުން ވެސް ޕޯސްޓުކުރަމުންދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!