ކަރަންޓީނުގައި އިނދެގެން ކަންގަނާ މި ކަނީ ކޯއްޗެއް؟

ދާދިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބޮލީވުޑް އެކްޓްރެސް ކަންގަނާ ރަނައުތު، ކަރަންޓީނުގައި އިނދެގެން ވަގުތު ހޭދަކުރަމުންދާ ގޮތް ހިއްސާކޮށްފިއެވެ.

ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީއިން ފެންނަ ގޮތުގައި، ބަލިވުމުން އޭނާ ކުރާހިތްވާ ކަމަކީ ކެއުމެވެ. އެގޮތުން އާމަންޑް ކޭކެއްގެ ފޮޓޯ ހިއްސާކުރަމުން ކަންގަނާ ބުނީ ބަލިވުމުގެ ބޭނުން ހިފަނީ ކަމަށެވެ. އަދި އާމަންޑް ކޭކާއެކު ކޮފީ ބޮނީ ކަމުގައި ބުނެފައިވެއެވެ.

34 އަހަރުގެ ބަތަލާއަށް ކޮވިޑް ޖެހުނުކަން ހާމަކޮށް މީގެ 3 ވަރަކަށް ދުވަސް ކުރިން އޭނާ ހިއްސާކުރި ޕޯސްޓުވަނީ އިންސްޓަގްރާމުން ޑިލީޓް ކޮށްލައިފައެވެ. ބެލެވޭ ގޮތުގައި އެ ޕޯސްޓު ޑިލީޓުވެފައި ވަނީ، އޭގައި ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށް ކަންގަނާ ބުނެފައިވާތީއެވެ.

ކަންގަނާގެ އިތުރުންވެސް، އިންޑިއާގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!