ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭ މީހުންގެ އަދަދު 246 އަށް އަރައިފި

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ އިތުރު ފަރުވާ ބޭނުންވާ 246 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް ހެކްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ކޮވިޑް ބައްޔާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 11،626 މީހަކު އެބަތިބި ކަމަށެވެ. އަދި އޭގެތެރެއިން 246 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.

މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 1501 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ހަަމައެއާއެކު އިއްޔެވެސް ވަނީ 1091 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މި ކޭސްތައް މައްޗަށް ގޮސްފައި ވަނީ މި މަހު ކުރީ ކޮޅު އުޅުނު ބެކްލޮގްއެއްގެ ސަބަބުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި 11،000 އިންމަތިން އެކްޓިވް ކޭސް ރިޕޯޓްކޮށްފައިވާ އިރު އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ތިބި ކަމަށް މަބްރޫކް ވިދާލުވިއެވެ. އެ ގޮތުން މިހާތު 290 ކުޑަކުދިންނާއި އުމުރުން ދުވަސްވީ 49 މީހުން އެކްޓިވް ކޭސްގެ ތެރޭގައި އެބަ ތިއްބެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!