މާދަމާއަކީ ފަހު ރޯދަ، އީދު ވާނީ ބުރާސްފަތި ދުވަހަށް

މާދަމާއަކީ މި ރޯދަ މަހުގެ ފަހު ރޯދަ ކަމަށާއި ފިތުރު އީދަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ އޮންލައިންކޮށް ބޭއްވި ޖަލްސާއެއްގައި މިކަން އިއުލާނު ކުރެއްވީ، ހަނދާ ބެހޭ ބަޔާން އިއްވަމުން، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެވެ. 

އެގޮތުން މިއަދު އިރުއޮއްސުނު އިރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް، އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ނިޒާމުން ކަށަވަރުވާ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ. 

މިއާއެކު ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރަން ރާއްޖޭގައި އަމަލު ކުރަން ހަމަޖައްސާފައިވާ އުސޫލުގެ މަތިން، މާދަމާއަކީ މިއަހަރުގެ ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މިއަހަރުގެ ފިތުރު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒާހިރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ދިވެހި ރައްޔިތުންނާއި އިސްލާމީ އުއްމަތަށް ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!