އަދުހަމްގެ ފޮޓޯ ލީކްވި ގޮތް ތަހުގީގު ކުރަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިނުމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ބުނާ އަދުހަމް އަހްމަދު ރަޝީދު ހައްޔަރު ކުރި ވަގުތު އޭނާ ދިރިއުޅޭ ގޭގައި ކުޑަކަކޫ މައްޗަށް ތިރިކޮށްފައިވަނިކޮށް ފެންނަ ފޮޓޯއެއް އާންމުވެފައިވާތީ އެ ފޮޓޯ އާންމުވި ގޮތް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ދިވާޅުވީ މިއަދު މި މައްސަލައާ ގުޅިގެން ބޭއްވި ޕްރެސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެއްވަމުން އޭސީޕީ ރިޔާޒް ދިވާޅުވީ، އޮޕަރޭޝަންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ރާއްޖޭގެ މީޑިއާއަކުން ބޭނުންކޮށްފައިވާކަން ފާހަނގަކުރެވިފައިވާ ކަމަށާއި އަދި އެ ފޮޓޯ އެ މީޑިއާއަށް ލިބުނު ގޮތް ބަލަމުންދާ ކަމަށެވެ. ރިޔާޒް ވިދާޅުވީ ބެލޭވޭ ގޮތުގައި އެ ފޮޓޯއަަކީ އޮޕަރޭޝަން ހިންގި ގޭ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. ނަމަވެސް ފޮޓޯ މީޑިއާއަށް ލީކްވިގޮތް އަދި މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ. 

ފުލުހުންގެ ޕްރެސްގައި ސުޕްރިންޓެންޑެންޓް ޔޫނުސް ސަބާހް ވިދާޅުވީ މި މައްސަލާގައި މީޑިއާތަކަށް ފޯރުކޮށްދެވޭ މައުލޫމާތު އިންސާފުވެރި ހަމަހަމަ އުސޫލަކުން ފޯރުކޮށްދިނުމުގެ ގޮތުން އެއްވެސް މީޑިއާއަކަށް ވަކިން މައުލޫމާތު ފޯރުކޮށްނުދޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!