ނުވަ ރަށަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފި

ނުވަ ރަށަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހއ. ދިއްދޫ، ށ. ފުނަދޫ، ބ. އޭދަފުށި، ވ. ފުލިދޫ އަދި ޏ. ފުވައްމުލަކަށް ހޯދަން ބޭނުން ވަނީ މެޖިސްޓްރޭޓުން ކަމަށެވެ.

މީގެއިތުރުން ވ. ކެޔޮދޫ، ފ. ފީއަލީ، ގއ. ކޮލަމާފުށި އަދި ގދ. ފަރެސްމާތޮޑާއަށް ހޯދަން އިއުލާން ކޮށްފައިވަނީ އިސްމެޖިސްޓްރޭޓުންނެވެ.

އިސްމެޖިސްޓްރޭޓަކަށް މުސާރައިގެ ގޮތުގައި 21،000 ރުފިޔާ އާއި، ލިވިން އެލަވަންސަށް 4،000 ރުފިޔާއާއި، ރިސްކް އެލަވަންސަށް 600 ރުފިޔާއާ އެކު ޖުމްލަ 25،600 ރުފިޔާ ލިބެ އެވެ.

މެޖިސްޓްރޭޓަކަށް މުސާރައިގެ ގޮތުގައި 18،850 ރުފިޔާއާއި، ލިވިން އެލަވަންސަށް 4،000 ރުފިޔާއާއި، ރިސްކް އެލަވަންސަށް 600 ރުފިޔާއާ އެކު 23،450 ރުފިޔާ ލިބެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!