ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ވިސާ ދިނުން ހުއްޓާލައިފި

ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ވަނީ އިތުރު ފިޔަވަޅުތައް ވެސް އިއުލާން ކޮށްފަ އެވެ. އެއީ ހަފުތާއެއްގެ މުއްދަތަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި، ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ހުއްޓާލުމެވެ. އެކަމުކު ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުން، ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވެ އެވެ. ޑެލިވަރީގެ ހިދުމަތް ދެވެނީ، ފުލުހުންގެ ހުއްދައިގެ ދަށުން މެނދަރު 12 އާ ހަމައަށެވެ.

މާލޭގައި ވަރަށް ގަދައަށް ކޮވިޑް ފެތުރެމުން ދާތާ މިހާރު ވަނީ ތިން ހަފުތާވަރު ވެފަ އެވެ. ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސް، މިހާރު ވަނީ މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު 24 ގަޑިއިރުގެ ތެރޭގައި ހާހަކުން މައްޗަށް ގޮސްފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!