މާލޭގެ ސެޓޯރެންޓެއް

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތާނގައި ތިބެ ކެއުން މަނާ

ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތާނގައި ތިބެ ކެއުން މަނާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ބުނީ މާދަމާއިން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

މާލޭގައި ވަރަށް ގަދައަށް ކޮވިޑް ފެތުރެމުން ދާތާ މިހާރު ވަނީ ތިން ހަފުތާވަރު ވެފަ އެވެ. ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސް، މިހާރު ވަނީ މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު 24 ގަޑިއިރުގެ ތެރޭގައި ހާހަކުން މައްޗަށް ގޮސްފަ އެވެ. ތަޖުރިބާކާރުން ގަބޫލުކުރައްވަނީ އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އަދި ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، އެއީ މާލެ ވަގުތުން ލޮކްޑައުން އަކަށް ވެސް ދާން ޖެހޭ ހާލަތެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!