މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާކޮށްފި

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިސްކިއްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގާފައިވާ ކަމަށޭވެ.

މާލޭގައި ކޮވިޑްގެ ކެސްތަށް އިތުރުވަމުން ދިއުމާއިއެކު އެޗްޕީއޭއިން ވަނީ ފިޔަވަޅުތަށް ހަރުކަށިކުރަން ފަށާފައިއެވެ. އެގޮތުން އެ ފިޔަވަޅުތައް ހަފްތާއެއްގެ މުއްދަތަކަށް އެޅުމަށް ނިންމާފައި ވެއެެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މާދަމާ އިން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން ހިމެނެއެވެ.

މިހާރު މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރަމުން ދަނީ ގައިދުރުކަން އިސްކޮށްގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!