މާދަމާއިން ފެށިގެން މާލޭގައި ހަވީރު 4 ކުން ފަތިހު 4 ކަށް ބޭރަށް ނުކުތުން މަނާ

މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ހަވީރު 4:00 އިން ފަތިހު 4:00 އަށް ބޭރަށް ނުކުތުން މަނާކޮށްފި އެވެ.

ހަލުވިކަމައިއެކުގައި މާލޭގައި ދަނީ ކޮވީޑް ފެތުރެމުންނެވެ. އިއްޔެވެސް ވަނީ މާލޭ ސަރަހައްދުން ވަނީ 500 އަށްވުރެ ގިނަ މީހުން ކޮވިޑް ޕޮޒިޓިވް ވެގެން ރިޕޯޓް ކޮށްފައިއެވެ. އަދި ހަމައެއާއި އެކުގައި މި ބަލީގައި މަރުވާ މިހުންގެ އަދަދުވެސް މިހާރު ވަނީ އިތުރުވެފައިއެވެ.

މިއާއިއެކު އެޗްޕީއޭއިން ދަނީ އަޅަމުންގެންދާ ފިޔަވަޅުތަށް ހަރުކަށި ކުރަމުންނެވެ. މިހާރު ކަނޑައަޅާފައި ވަނީ މާދަމާއިން ފެށިގެން މާލެއާއި ހުޅުމާލެއާއި ވިލިލިމާލޭގައި ހަފްތާއެއްގެ މުއްދަތަށް މާލެ ސަރަޙައްދުގައި ކާފިއު ހިންގާ ވަގުތު ހަވީރު 4:00 އިން ފަތިހު 4:00އަށް ހަމަޖެއްސުމަށެވެ.

އެޗްޕީއޭ އިން ވަނީ އިތުރު ފިޔަވަޅުތައް ވެސް އިއުލާން ކޮށްފަ އެވެ. އެއީ ހަފުތާއެއްގެ މުއްދަތަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި، ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ހުއްޓާލުމާއި މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުން ޓޫރިސްޓުން އައުން ހަފުތާއަކަށް މަނާކުރުމެވެ. އެކަމަކު ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުން، ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވެ އެވެ. ޑެލިވަރީގެ ހިދުމަތް ދެވެނީ، ފުލުހުންގެ ހުއްދައިގެ ދަށުން މެނދަރު 12 އާ ހަމައަށެވެ.

މާލެ ސަރަހައްދުގައި މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. އެއީ ރޭގަނޑު 9 އިން ފަތިހު 4 އާ ހަމައަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!