ފޮޓޯ: ގޫގުލް

ކުކުޅަކާއި ހާލެއް ވަގަށްނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފި

ކުކުޅު ކޮށްޓަކުން ހުދު ކުލައިގެ ކުކުޅަކާއި ރަތް ކުލައިގެ ހާލެއް، ވަގަށް ނެގި މައްސަލައިގައި އޭނާ ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ހުކުމްފައިވަނީ މޭ ފަސް ވަނަ ދުވަހު ސ. ހިތަދޫ، ޚަރުދަލުގެ އަނަފް އަބްދުﷲގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ވައްކަންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 2018 އޭޕްރިލް 27 ވަނަ ދުވަހުގެ 11:07 ހާއިރު ސ. ހިތަދޫ، ސަންޝައިންވިލާ ގޯތިތެރެއަށްވަދެ އެގޭގޯތި ތެރޭގައި ހުރި ކުކުޅު ކޮށިން ހުދުކުލައިގެ ކުކުޅަކާއި، ރަތްކުލައިގެ ހާލެއް ވަގަށް ނަގާފައިވާތީއެވެ.

މި މައްސަލަ ބެލުމަށްފަހު، ގާނޫނުލް އުގޫބާތުގައި ވާ ގޮތުގަ މަތީން މި ކުށުގެ އަދަބެއްގެ ގޮތުން އަނަފް އަބުދުﷲ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ފުރަތަމަ ހުކުމް ކުރި އެވެ. ވައްކަމުގެ ކުށަށް އަނަފް އިއުތިރާފުވެފައިވާތީ އެ ޖަލުހުކުމް ޖުރިމަނާއަށް ބަދަލުކޮށްފައެވެ. އެގޮތުން ކުށުގެ އަދަބުގެ ގޮތުގައި 21،600 ރުފިޔާއިން ޖުރިމަނާ ކޮށްފައިވާއިރު ކުރިއަށް އޮތް ހަތަރު މަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށްވެސް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!