ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުން މިރޭ

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީ ވިދާޅުވެއްޖެއެވެ.

ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ 2045ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި އޮންނާނެކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ.

ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މީލާދީ ގޮތުން މޭއި މަހުގެ 13ވާ ބުރާސްފަތި ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ހަނދުބެލުމުގެ ކަންކަން އެހެން އަހަރުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދުބެލުމަށް ދިޔުމާއި ހަނދު ފެނުނުކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!