ކަރަންޓީނުގައިހުރި މީހަކު އަމިއްލައަށް މަރުވެއްޖެ

ނ.ވެލިދޫގައި ކަރަންޓީނުގައި ހުރި މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

 ވެލިދޫ  ކައުންސިލުން  ވިދާޅުވީ ވެލިދޫގައި ކަރަންޓީނުގައި ހުރި މީހަކު ދަންޖެހިގެން މަރުވީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

މަރުވެފައިވަނީ ކ. ގުރައިދުއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ. މަރުވި މީހާ މިއަދު ހެނދުނު 11:15 ހާއިރު ވަނީ ވަޅުލާފަ އެވެ.

އޭނާ ވެލިދޫ އަށް ކަރަންޓީނަށް ދިޔައީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އޭނާ ކަރަންޓީނުގައި ހުރީ މީހުން ނޫޅޭ ގެއެއްގައި އޭނާ އެކަންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!