ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް

ރާއްޖޭގެ މޫސޫން ގޯސްވެ ވިއްސާރަވުމާ ގުޅިގެން މިއަދު ހަވީރު 5 ޖެހުމާއަމަށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވީ ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާކަމަށެވެ. މިއަދު 13:00އިން 17:00އާ ހަމައަށް އެސަރަހައްދަށް އެލާޓް ނެރެފައިވާއިރު އެހިސާބަށް މިވަގުތުތަކުގެ ތެރޭގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވާއިރު، ދެކުނުގެ ސަރަހައްދުތަކުންގެ އިތުރުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްވެސް މިހާރުދަނީ ވިއްސާރަކުރަމުންނެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!