އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް ގެންދަނީ

އިތުރު ފަރުވާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލާ އިން ބުނެފިއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއް ސައްތާރު ހަވާލާދީ  “އަވަސް” އިން ބުނީ ރައީސް ނަޝީދު ވިހާވެސް އަވަހަަށް ޖަރުމަނަށް ގެންދަން ވާން ޖެހޭ ތައްޔާރީތައް ވަމުން ގެންދާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ، ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލާފައިވާއިރު، އެ ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

 ފުލުހުން ބުނެފައި ވަނީ އެ މައްސަލަ އާ ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ވަނީ އެ މައްސަލައިގައި 3 މީހަކު ހައްޔަރުވެސް ކޮށްފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!