ހއ. އަތޮޅުން ލ. އަތޮޅަށް ވައިޓު އެލާޓު

މޫސުން ގޯސްވެ ހއ. އަތޮޅުން ލ. އަތޮޅަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓު އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ ހެނދުނު 8:00 އިން މެންދުރު 13:00 އާއި ހަމައަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ކުރިޔަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް ބުނެފައެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!