މެލޭޝިއާ ފުރަބަންދު ކޮށްފި

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ, ބުދަ ދުވަހުން ފެށިގެން 27 ދުވަހުގެ މުއްދަތަކަށް މެލޭޝިއާ ފުރަބަންދު ކޮށްފިއެވެ.

މެލޭޝިއާ ސަރުކާރުން ބުނެފައިވަނީ  އަންނަ ބުދަދުވަހުން ފެށިގެން އަންނަ މަހުގެ ހަަތަކާ ހަމައަށް ލޮކްޑައުންކުރާނެ ކަމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މުހިއްދީން ޔާސީން ވިދާޅުވީ މެލޭޝިއާ ފުރަބަންދު ކުރީ ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދާތީ ކަމަށެވެ. އަދި އެގައުމުން ދުވާލެއްގެ މައްޗަށް މިހާރު 4،000 އާއި ގާތްކުރާ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުންދާ ކަމަށެވެ.

މެލޭޝިއާގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައި މިވަނީ އެކްޓިވް ކޭސްތަކުގެ އަދަދު 15،000 އަށް ވުރެ ދަށުގައި ހުރުމަށް ފަހު 37،000 އަށް ވުރެ މައްޗަށް ދިއުމުންނެވެ. 

އެގައުމުން ކޮވިޑަށްޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 444,484 އަށް އަރާފައެެވެ. އަދި އެގައުމުން މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ 1,700 އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!