ރައީސް ޔާމީން ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވައިފިއެވެ.

ކަރެކްޝަންސްއިން ވިދާޅުވީ، ރައީސް ޔާމީން ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވާފަނީ މިރޭގެ ވަގުތެއްގައި، ހުޅުމާލެއަށް ގެންދިއުމަށްފަހު އެވެ. 

މާފުށީގައި ކޮވިޑް ފެތުރި ޖަލު އޮފިސަރުންނާއި ބައެއް ގައިދީންވެސް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރައީސް ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހުގެ ރެ އެވެ.

ރައީސް ޔާމީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ އޭޕްރީލް 19 ވަނަ ދުވަހު އެވެ. އެމަނިިކުފާނު ޖެހީ ފައިޒާ ވެކްސިނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!