ފަޅުވެރިއަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން ގަމު ހޮސްޕިޓަލަށް ގެންގޮސްފި

މަސްދޯންޏެއްގައި ހުރި ފަޅުވެރިއަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން ލ.ގަމު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ލ.މާބައިދޫގެ އިރު ދެކުނުން 13 ނޯޓިކަލް މޭލު ބޭރުން، 16 މީހުންނާއެކު މަސްވެރިކަން ކުރަން ނިކުމެ އުޅުނު “އާރކް” ނަމަކަށް ކިޔާ ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ސްކޮޑްރަންގެ އެހީތެރިކަމާއެކު މިރޭ 22:05 ހާއިރު ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ ބިދޭސީ މީހާއަށް އަނިޔާވިކަމަށް ރިޕޯޓް ލިބިފައިވަނީ ދޯނީގެ ސިޑިން ކަހާލައިގެން ވެއްޓިގެން ކަމަށާއި އޭނާގެ ފަޔަށް އަނިޔާވެފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!