މާސްކު ނާޅާ އުޅުނު 141 މީހަކު ޖޫރިމަނާކޮށްފި

ކޮވިޑުގެ މި ހާލަތުގައި ބޭރަށް ނިކުންނަ އިރު މާސްކު އެޅުމަށް އަންގާފައިވާއިރު، މާސްކު ނާޅާ އުޅުނު 141 މީހަކު ޖޫރިމަނާކޮށްފިއެވެ.

އެޗްއީއޯސީން މިރޭ ބުނީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އުސޫލުތަކާއި ހިލާފުވި 267 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން 114 މީހަކު ޖޫރިމަނާ ކުރީ މާސްކު ނާޅާ ބޭރުގައި އުޅެގެނެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ކާފިއު ވަގުތުގައި ވެހިކަލް ދުއްވައިގެންވެސް 10 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށެވެ. މި ހަތްގަޑިއިރު ޒަރޫރީ ބޭނުމަށް ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!