އަލީ އާޒިމް 241 ކޮމިޓީން އިސްތިއުފާ ދެއްވައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބަލަމުންދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ ކޮމިޓީގެ ނައިބު މުގައްރިރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިސްތިއުފާ ދެއްވައިފި އެވެ.

މިރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މެމްބަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ކޮމިޓީއާ އަލުން ގުޅިވަޑައިގަންނަވާނެކަން މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޮމިޓީގައި ދެން އަލީ އާޒިމްގެ ބަދަލުގައި އިންނަވާނީ އީވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މައްސަަލައިގައި މީހުންގެ ލިސްޓު ދިރާސާ ކުރާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ އެ ފަރާތްތަކުގެ މަސައްކަތުން ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް އަދި މައުލޫމާތުތަކެއް ލިބިގެންވާ ބައެއް ކަމަށާއި އަދި އެ ބާރާއެކު މުޅި ދައުލަތުގެ މިސްރާބު ބަދަލުކޮށްލުމުގެ ބާރު ވެސް އެ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ލިސްޓުގައި ހިމެނޭ އެފަދަ ފަރާތްތަކަށް ހާއްސަ ފޯކަސްއެއް ދިނުން މުހިއްމު ކަމަށް އީވާ ވިދާޅުވިއެވެ.

އަދި ތަހުގީގުގެ މަރުހަލާ ކުރިއަށްދާއިރު ވެސް އެފަދަ މަގާމުތަކުގައި ތިބި މީހުންނަށް ރަނގަޅު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެގޮތުން ހުކުމް އަންނަންދެން މަޑުކުރަން ނުޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!