މިއަދު 1204 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިއަދު ރާއްޖެއިން ކޮވިޑް 19 އަށް 1204 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއީއޯސީން ބުނީ ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 5598 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، މިއަދު 1204 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 961 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 8 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 235 މީހެކެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 10،376 މީހުންނެވެ. މިހާތަނަށް 26،547 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 244 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 87 މީހަކު މަރުވެފައިވެއެވެ. މިއަދުވެސް ތިން މީހަކު މަރުވެފައިވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!