ކައިވެނިކުރި ފަހުން ވަރުން ބަދަލުވެއްޖެ: ކްރިތީ

ކައިވެނިކުރި ފަހުން އެކްޓަރު ވަރުން ދަވަންގެ އުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވާ ކަމަށް އޭނާއެކީ ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވާ އެކްޓްރެސް ކްރިތީ ސެނޮން ބުނެފިއެވެ.

“ދިލްވާލޭ” އާއި “ކަލަންކް” އަށްފަހު އެކުގައި ތިންވަނަ ފިލްމެއްގެ މަސައްކަތް ދާދިފަހުން ނިންމައިލި ވަރުން އާއި ކްރިތީ އަކީ ގާތް ދެ ރަހުމަތްތެރިންނެވެ. އެގޮތުން “ބޭޅިޔާ” ނަމަކަށް ކިޔާ އެ ފިލްމާ ބެހޭގޮތުން މީޑިއާއަކާ ވާހަކަދައްކަމުން، ވަރުން އާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ކްރިތީ ބުނީ ވަރުން ކައިވެނި ކުރިފަހުން މިޒާޖަށް އައި ބަދަލަކީ މިހާރު މާ ވިސްނުންތެރިވުން ކަމަށެވެ. އަދި ކުރިން ހުންނަ ކުޑަކުދިންގެ ގޮތް ނުހުންނަ ކަމަށް ކްރިތީ ބުންޏެވެ.

ކްރިތީ ބުނީ ވަރުން އާއި ނަތާޝާ އާ ދެމީހުންވެސް އެދެމީހުންގެ ޕްރޮޕެޝަނަލް އަދި އަމިއްލަ ދިރިއުޅުމުގައި އާ ހަރުފަތަކަށް ދަތުރުކޮށްފައިވާ ކަމަށެވެ.

ވަރުން ދަވަން، އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލް އާ ކައިވެނިކޮށްފައިވަނީ މި އަހަރުގެ ކުރީ ކޮޅެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!