އިންޑިއާގެ ޕްރައިމް މިނިސްޓަރަކަށް ހޮވަންވީ ސަލްމާން ނޫނީ ސޯނޫ: ރާކީ

އިންޑިއާގެ ޕްރައިމް މިނިސްޓަރަކަށް ހޮވަން އެންމެ ރަނގަޅުވާނީ ސޯނޫ ސޫދު ނުވަތަ ސަލްމާން ޚާން ކަމަށް، މަޝްހޫރު އެކްޓްރެސް/ނެށުންތެރިޔާ ރާކީ ސާވަންތު ބުނެފިއެވެ.

އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ދެވަނަ ރާޅާ ބެހޭގޮތުން މީޑިއާތަކާ ވާހަކަދައްކަމުން ރާކީ ބުނީ، އޭނާ ބޭނުންވަނީ ސަލްމާން ނުވަތަ ސޯނޫ ޕްރައިމް މިނިސްޓަރަކަށް ހަދަން ކަމަށެވެ. ހަގީގީ ބަތަލުންނަކީ އެއީ ކަމުގައި އޭނާ ބުންޏެވެ. އަދި ސޯނޫ ސޫދު އިންޑިއާ ރައްޔިތުން ދެކެ ވާލޯބި ފެންނަމުންދާކަން ފާހަގަކުރަމުން ރާކީ ބުނީ، މިހާރު ސަރުކާރުގައި ތިބި އެއްވެސް މިނިސްޓަރަކު ރައްޔިތުންގެ ހާލު ބަލަމުންނުދާ ކަމަށެވެ. އެހެންކަމުން، ދެން އަންނަ އިންތިޚާބެއްގައި ވިސްނައިގެން ވޯޓުލުމަށް ރާކީ ވަނީ އެދިފައެވެ.

ރާކީ ބުނީ އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން އިންތިހާއަށް އިތުރުވެފައިވާތީ، އޭނާ އެކަމާ ހިތާމަ ކުރާ ކަމަށެވެ.

ރާކީ ސާވަންތު އެންމެފަހުން ފެނިގެން ގޮސްފައިވަނީ “ބިގް ބޮސް 14” އިންނެވެ.

އެކްޓަރު ސޯނޫ ސޫދަކީ، އިންޑިއާއަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގައި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިވަމުންދާ ފަންނާނެކެވެ. އެގޮތުން އެކި ސްޓޭޓުތަކަށް އޮކްސިޖަން ފޯރުކޮށްދިނުމާއި، މާލީ ގޮތުން ބޮޑެތި އެހީތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!